3
ފަހުޒަމާނުގައި މީސްތަކުންގެ އަމަލުތައް ހުންނާނެގޮތް
ތިމޮތީއެވެ. މިކަންތައް ތިބާއަށް ވެސް އެނގެންޖެހެއެވެ. އެންމެ ފަހު ދުވަސްތައް ގުނެމުން ދާއިރު އެއީ އުނދަގޫ ވަގުތުތަކެއް ކަމުގައިވާނެއެވެ. އިންސާނުން ހަމައެކަނި ލޯބި ކުރާނީ އެބައިމީހުންގެ އަމިއްލަ ނަފުސާއި އެމީހުންގެ މުއްސަނދި ކަމަށެވެ. އެމީހުންނަކީ ފޮނި ކަނޑައި ބޮޑާކަންމަތީގައި ތިބެ މާތްކަލާނގެއަށް މަލާމާތްކޮށް ހަދައެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވެއެވެ. އެމީހުންނަކީ ޝުކުރު ކުރުމެއް އަދި ދީނެއް ވެސް ނެތް ބައެކެވެ. އަދި ހިތުގައި ލޯތްބާއި މަޢާފު ދިނިމެއް ނުވާ ޙާލުގައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމެއް ނެތި މީހުންގެ އަނބުރާ ބެހުމުގައެވެ. އަނިޔާވެރިވެ ހެޔޮ ކަންތަކަށް ނަފުރަތު ކުރުމުގައެވެ. ރަޙުމަތްތެރިންނަށް ޚިޔާނާތްތެރިވެ، ކަންކަމަށް ފަރުވާކުޑަކޮށް، ފަޚުރުވެރިކަން އިންތިހާގައެވެ. މާތްރަސްކަލާނގެދެކެ ލޯބި ވުމުގެ ބަދަލުގައި މަޖަލަށް ލޯބި ކުރާނެއެވެ. މީގެ އިތުރުން ދީންވެރިން ކަމުގައި ހެދިގެން އުޅޭނެއެވެ. އެހެނަސް މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެމީހުންގެ ކިބައިގައި ނެތިގެންވެއެވެ. މިފަދަ މީހުންނާއި ތިބާ އެކަހެރިވެގެން ހުންނާށެވެ.
މިފަދަ ބައެއް މީހުން ގޭގެއަށް ގޮސް އެގޭގައި އުޅޭ ފާފަތަކުގެ ޝިކާރައަކަށްވެ އަދި ފާހިޝް އެދުންތަކުން ކަޅިވެފައިވާ ބަލިކަށި އަންހެނުންތައް ހައްލާލައެވެ. މިފަދަ އަންހެނުން އަބަދުވެސް އާ ތަކެތި އެނގެން ބޭނުންވެއެވެ. އެހެނަސް އެމީހުންނަށް ތެދު ޙަޤީޤަތަކީ ކޮބައިކަން އެނގިގެން ނުވެއެވެ. އަދި މިފަދަ އެދުރުން ތެދާއިމެދު ދެކޮޅުހަދާނެއެވެ. މި ބުނެވިދިޔަ ފަދައިން ޔައްނީސް އާއި ޔަމްބިރީސް މޫސާގެފާނާއި ދެކޮޅުވެރި ވިއެވެ.* އަދި މިފަދަ މީހުންނަކީ ތެދު ޙަޤީޤަތާއި އިދިކޮޅު ޢަދާވާތްތެރިންނެވެ. އެބައިމީހުންގެ ބުއްދިވަނީ ފާޙިޝް ޚިޔާލުތަކުން ފުރިފައެވެ. އެމީހުންގެ ކިބައިން ފެނުނީ އަސްލެއް ނުވާ އީމާންތެރިކަމެކެވެ. އެމީހުންނަކަށް މާބޮޑު ކާމިޔާބީއެއް މިކަމުގައި ލިބުމެއް ނެތެވެ. އެހެނީ އެމީހުންގެ މޮޔަކަން ޔައްނީސް އާއި ޔަމްބިރީސްއާ މެދު ކަންތައް ވީފަދައިން އެންމެންނަށް ފާޅުގެން ހިނގައިދާނެއެވެ.
ޕައުލްގެ އެންމެ ފަހުގެ އިރުޝާދު
10 ތިމޮތީއެވެ. އަހަރެން އުނގަންނައިދިން ތަކެތި ތިބާއަށް އެނގި އެތަކެތި ބަލައިގެން ކުރިޔަށްދިއުން އެދެމެވެ. އަދި އަހަރެން ދިރި އުޅެނީ ކިހިނަކުންކަމާއި އަހަރެންގެ ޙަޔާތުގެ މަގުސަދަކީ ކޮބައިކަމާއި އަހަރެންގެ އީމާންތެރިކަން ހުރި މިންވަރުގެ އިތުރުން ވޭންދެނިވި ގޮތުގައި އަހަރެން ކެތްތެރިކަމާއެކު ވޭތުކުރީ ކިހާ ދުވަހެއްކަންވެސް ތިބާއަށް އެނގޭނެއެވެ. އަހަރެންގެ ހިތުގައިވާ ލޯތްބާއި މި މަސައްކަތުގައި އަހަރެން ކުރިއަށްދާ ގޮތް ވެސް ތިބާއަށް އެނގޭނެއެވެ. 11 ބޭއިންސާފުން އަހަންނަށް އަނިޔާ ލިބި ވޭނުގައި ވީއިރުވެސް އަހަރެން މި މަސައްކަތުގައި ކުރިޔަށް ދިޔަކަމާއި އަދި ބެއިންސާފުން އަހަންނަށް ޕިސީދިޔާގެ އަންތީޔޮކު، އިކޯނިޔުމް، ލިސްތުރާގައި ލިބުނު އަނިޔާ ތިބާއަށް ރަނގަޅަށް އެނގިގެންވާނެއެވެ. މާތްސާހިބާ އެ ހުރިހާ މުސީބާތްތަކުން އަހަރެން ސަލާމަތް ކޮށްދެއްވިއެވެ. 12 އީސާ އަލްމަސީޙުއާއި އެކުގައިވެ ދީންމަތީ ދިރިއުޅެމުން ގެންދަން އެދޭ ކޮންމެ މީހަކުމެ ވޭނާއި ބޭއިންސާފުވެރިކަމާ ކުރިމަތިލާން ޖެހޭނެއެވެ. 13 އެކަމަކު ނުބައިނުލަފާ މީހުންނާއި ދޯކާދޭ މީހުންގެ މިއަމަލުތައް އިތުރުވެގެން ދާނެއެވެ. އެމީހުން އެހެން މީހުންނަށް އޮޅުވާލައި ދޯކާދެމުން ގޮސް ޚުދު އެ މީހުންނަށް ވެސް މީހުން ކަންތައް އޮޅުވާލާފާނެއެވެ.
14 ތިބާއަށް ދަސްވެ ޔަގީންވެފައިވާ ކަންތައް ކުރުންމަތީ ދެމިހުންނާށެވެ. އެހެނީ އެކަންތައް ތިބާއަށް ދަސްކޮށްދިނީ ކޮންފަރާތެއްކަން ތިބާއަށް އެނގޭނެ މެއެވެ. 15 ތިބާ ތުއްތު އިރުންސުރެން މުޤައްދަސް ފަތްފުށްތައް ތިބާ ދިޔައީ އުނގެނެމުންނެވެ. އެތަކެތިން ތިބާއަށް އެނގިގެންވީ ޙިކުމަތާއި ދިންނެވުން ލިބިދެނީ އީސާ އަލްމަސީޙުއާއި މެދުގައި ވީ ފުރިހަމަ އިތުބާރަކުން ކަމުގައެވެ. 16 މި ހުރިހާ ފަތްފުށްތަކަކަކީ މާތްރަސްކަލާނގެ ދެއްވި ހިދާޔަތުގެ މަތިން ލިޔެވިފައިވީ ބަސްފުޅު ތަކެވެ. މިހުރިހާ ފަތްފުށްތަކެއް އަންގައިދިނުން މުހިންމު ވެގެންވަނީ މީސްތަކުންނަށް ތެދުމަގު ދައްކައި ދިނުމާއި މީސްތަކުން ނޭދެވޭ އަމަލުތަކުން އެއްކިބާ ކުރުވުމަށް ނަސޭހަތްތެރިވެ އިސްލާޙު ކުރުމާއި ހެޔޮގޮތުގައި ދިރިއުޅުމަށް އިރުޝާދު ދިނުމެވެ. 17 މި ފަތްފުށްތައް މާތްރަސްކަލާނގެ ޚާދިމުންނަށް ހެޔޮ ގޮތުގައި ހުރިހާ ރަނގަޅު ކަމެއް ކުރުމަށް ދަސްކޮށް ދެއެވެ.
* 3:8 3‏:8 ޔައްނީސް އާއި ޔަމްބިރީސްއަކީ މޫސާގެފާނާ އިދިކޮޅަށް ސިހުރު ހާހޫރަ ހަދާ އުޅުނު މީހުންނެވެ.